ފޮރިން މިނިސްޓަރު މޫސާ ޒަމީރު ސައުދީ އަރަބިއާއަށް ވަޑައިގެންފިއެވެ.

Ads by Asuru

މިނިސްޓަރު އިއްޔެ ސައުދީ އަށް ވަޑައިގެންނެވީ އެ ގައުމުގައި ބާއްވާ ސްޕެޝަލް މީޓިން އޮން ކޮލޮބޮރޭޝަން، ގްރޯތު އެންޑް އެނާޖީ ފޯ ޑިވެލޮޕްމަންޓުގައި ބައިވެރިވެ ވަޑައިގަތުމަށެވެ.

ސައުދީ އާއި ވޯލްޑް އިކޮނޮމިކް ފޯރަމް ގުޅިގެން ބާއްވާ މި ކޮންފަރެންސްގައި ދުނިޔެއަށް ދިމާވަމުންދާ ގޮންޖެހުންތަކާ ގުޅޭ ގޮތުން އެކި ގައުމުތަކުން 700 އަށް ވުރެ ގިނަ އޮފިޝަލުން ބައިވެރިވާނެއެވެ.

ފޮރިން މިނިސްޓްރީން ބުނީ ކޮންފަރެންސްގެ ތެރެއިން ބޭރުގެ ގައުމުތަކުގެ އެކި ފަންތީގެ ވެރިންނާ މިނިސްޓަރު ބައްދަލުކުރައްވައި، ގުޅުން އިތުރަށް ބަދަހި ކުރުމަށް މަޝްވަރާތައް ކުރިއަށް ގެންދަވާނެ ކަމަށެވެ.