ދިވެހިރާއްޖޭގެ ޒަކާތު ހައުސް ތަރައްގީ ކުރުމާއި ގުޅޭގޮތުން ކުވައިތާއެކު މަޝްވަރާތަކެއް ކޮށްފިއެވެ.

Ads by Asuru

ސައުދީ އަރަބިއްޔާގައި ކުރިއަށްދާ އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް ގްރޫޕުގެ އަހަރީ ބައްދަލުވުމުގެ ހަވާސާގައި ކުރިއަށް ދިޔަ މި ބައްދަލުވުމުގައި އިސްލާމިކް މިނިސްޓަރު ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ވަނީ ކުވައިތުގެ ޒަކާތު ހައުސްގެ ޑިރެކްޓަރ ޖެނެރަލް ޑރ. މާޖިދު ސުލައިމާން އަލްއާޒިމީއާ އާއި ބައްދަލުކުރައްވާފައެވެ.

މިނިސްޓަރު ޝަހީމް ވިދާޅުވީ، މި ބައްދަލުވުމުގައި ރާއްޖޭގެ ޒަކާތު ހައުސް ތަރައްގީކުރުމާއި މުވައްޒަފުންނާއި ޝަރީއާ ބޯޑް ތަމްރީނު ކުރުމާއި ގުޅޭގޮތުން މަޝްވަރާކޮށްފައިވާކަމަށާއި، ޒަކާތުގެ ބެހެނިވެރިންގެ ޝަރުއީ މިންގަނޑުތަކާ ބެހޭގޮތުންވެސް މަޝްވަރާކޮށްފައިވާ ކަމަށެވެ.

ރައީސް ޑރ. މުއިއްޒު ވަނީ ”ދިވެހިރާއްޖޭގެ ޒަކާތު ހައުސް“ ގެ ނަމުގައި ޒަކާތުގެ ކަންކަން މަތިވެރިކޮށް، ޒަކާތުގެ ހައްގުވެރިންނަށް ޒަކާތުގެ މަންފާ ލިބޭނެ މަގު ފަހިކޮށްދިނުމަށް ހާއްސަ އިދާރާއެއް އުފައްދަވާފައެވެ.