ސަރުކާރުގެ އަމާޒަކީ، ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި، ވެރިކަން ކުރާ ޕާޓީ، ޕީއެންސީ އަށް ލިބުނު ’ސުޕަރ މެޖޯރިޓީ‘ ބޭނުންކޮށްގެން ރައްޔިތުންނަށް ބޭނުންވާ ހިދުމަތްތައް އެންމެ ފުރިހަމަ ގޮތެއްގައި، އަދި އެންމެ އެކަށީގެންވާ ގޮތެއްގައި ރައްޔިތުންނަށް ފޯރުކޮށްދެވޭނެ ނިޒާމެއް ގާއިމުކުރުންކަމުގައި ރައީސް އޮފީހުގެ ޗީފް ސްޕޯކްސްޕަރސަން ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.

Ads by Asuru

ރައީސް އޮފީހުގެ ޗީފް ސްޕޯކްސްޕަރސަން މިހެން ވިދާޅުވީ މިއަދު އެ އޮފީހުގައި ކުރިއަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

ހީނާ ވަނީ، މި ސަރުކާރުން ’ސުޕަރ މެޖޯރިޓީ‘ ގެ ބޭނުން ނަހަމަ ގޮތުގައި ނުހިފާނެކަމުގެ ޔަގީންކަން ދެއްވާފައެވެ.

އަދި ސަރުކާރުގެ އަމާޒަކީ ރައްޔިތުންގެ އާމްދަނީ އިތުރުކޮށް، އިގްތިސާދީ ގޮތުން ދެމެހެއްޓެނިވި ގޮތެއްގައި މި ގައުމަށް ތަރައްގީ ގެނައުންކަމުގައި ހީނާ ވިދާޅުވިއެވެ.