ދިވެހި ފުލުހުންގެ ހިދުމަތުގައި މަސައްކަތްކުރަމުން ދިޔަ ޗީފް އިންސްޕެކްޓަރަކު ކުއްލި ގޮތަކަށް ނިޔާވެއްޖެއެވެ.

Ads by Asuru

މައުލޫމާތު ލިބިފައިވާ ގޮތުގައި މިއަދު ނިޔާވީ ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް މުހައްމަދު ޒިޔާދު، ވ.ނަސީމާ މަންޒިލްއެވެ.

ނިޔާވިއިރު، އޭނާގެ އުމުރަކީ 44 އަހަރެވެ. އެނގިފައިވާ ގޮތުގައި ޒިޔާދު ނިޔާވީ ހާޓް އެޓޭކެއް ޖެހިގެންނެވެ.

ފުލުހުން ނެރުނު ތައުޒިޔާގެ މެސެޖުގައި ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއު އާއި ފުލުހުންގެ ހުރިހާ މުވައްޒަފުންގެ ނަމުގައި ވަނީ ޒިޔާދުގެ އާއިލާއަށް ތައުޒިޔާ ފޮނުވައިފައެވެ.
ޒިޔާދުގެ މައްޗަށް ކުރެވޭ ކަށު ނަމާދު އޮންނާނީ މިއަދު އަސުރު ނަމާދަށްފަހު މަސްޖިދުލް ޒައިދު ބިން ސާބިތު (ސަހަރާ) މިސްކިތުގައެވެ.