ސަރުކާރުގެ މިނިސްޓަރުންނާ ސުވާލު ކުރެވޭ ގޮތަށް އާންމުކޮށް ހުޅުވާލައިގެން ބާއްވަން ފެށި ”އަހާ“ގެ އިތުރު ފޯރަމެއް މިރޭ އޮންނާނެއެވެ.

Ads by Asuru
މިރޭގެ ފޯރަމް ފަށަން ހަމަޖެހިފައި ވަނީ މިރޭ 8:30 ގައެވެ. މިރޭގެ ފޯރަމްގައި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީނާއި ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާނާއި ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމާއި ހަޔަ އެޑިއުކޭޝަން މިނިސްޓަރު ޑރ. މަރްޔަމް މާރިޔާގެ އިތުރުން ޔޫތު މިނިސްޓަރު އިބްރާހީމް ވަހީދު(އަސްވާޑު) ބައިވެރިވެވަޑައިގަންނަވާނެއެވެ.

މިރޭގެ ފޯރަމްގައި މިނިސްޓަރުންނާ ސުވާލުކުރަން ބޭނުންވާ ފަރާތްތަކަށް ސުވާލު ފޮނުވުމުގެ ފުރުސަތު މީގެ ދެ ދުވަސް ކުރިން އޮތީ ހުޅުވާލައިފައެވެ.

”އަހާ“ ގެ ފުރަތަމަ ބޭއްވީ ޖެނުއަރީ މަހުގައެވެ. އެ ފޯރަމްގައި ވެސް ފަސް މިނިސްޓަރަކު ބައިވެރިވެވަޑައިގަތެވެ.