ފުވައްމުލައް ސިޓީގައި ދެ ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓެއްގައި އަނިޔާވި މީހެއްގެ ހާލު ސީރިއަސްވެ، އައިސީޔޫގައި ފަރުވާ ދެމުން އެބަދެއެވެ.

Ads by Asuru

މި ހާދިސާގެ މައުލޫމާތު ހިއްސާ ކުރަމުން، ފުލުހުން ބުނީ ރޭގެ 22:48 ހާއިރު ފުވައްމުލައް ސިޓީގައި ދެ ސައިކަލު ޖެހި އެކްސިޑެންޓެއް ހިނގާފައިވާ ކަމަށާއި،.ޅ މި އެކްސިޑެންޓްގައި އަނިޔާވި ތިން މީހުންނަށް ފުވައްމުލައް ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާ ދެމެންދާކަމަށެވެ.

”އަދި އެތަނުން އެކަކުގެ ހާލު ސީރިއަސް ވެގެން މިވަގުތު އައި.ސީ.ޔޫގައި ފަރުވާދެމުންދާކަމަށް މައުލޫމާތު ލިބިފައިވޭ.“ ފުލުހުން ބުންޏެވެ.

ރޭ ފުވައްމުލަކުގައި އިތުރު ހާދިސާއެއް ވެސް ހިނގާފައިވެއެވެ. ފުލުހުން ބުނީ އެ ސިޓީގެ އެއާޕޯޓު ސަރަހައްދުގައި ހަރުކޮށްފައިވާ ގިޑިގެއެއްގެ ބައެއް ނެއްޓިފައިވަނިކޮށް ބާރަށް ދުއްވާފައި އައި ސައިކަލެއް އެތަނުން ނެއްޓިގެން ދާން މަސައްކަތްކުރަނިކޮށް ސައިކަލް ކަހާލައިގެން ވެއްޓި ސައިކަލް ދުއްވި އުމުރުން 27 އަހަރުގެ މީހަކަށް އަނިޔާވެގެން ފުވައްމުލައް ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާ ދެމެން ދާކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.