ސަފީރުކަމާއި މަންދޫބުކަމަށް އައްޔަނުކުރުމަށް ނަން ފޮނުވި އަށް ބޭފުޅަކަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދީފިއެވެ.

Ads by Asuru
މި ސަރުކާރުން ސަފީރުކަމަށް އަދި މަންދޫބުކަމަށް އައްޔަނު ކުރުމަށް ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވާ ނަންތަކުގެ ތެރެއިން އަށް ބޭފުޅަކަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދީފައިވަނީ މިއަދު ކުރިއަށްގެންދިޔަ ޖަލްސާގައެވެ.

ރައްޔިތުންގެ މަޖިލީހުން ރުހުން ދީފައިވާ ފަރާތްތައް:

1- ޑިމޮކްރެޓިކް ސޯޝަލިސްޓް ރިޕަބްލިކް އޮފް ސްރީލަންކާއަށް ރާއްޖެއިން ކަނޑައަޅާ ސަފީރު ކަމަށް، މަސްއޫދު އިމާދު، މ. ތުޅާގިރި

2- މެލޭޝިއާއަށް ރާއްޖެއިން ކަނޑައަޅާ ސަފީރު ކަމަށް، ޑރ. މަރްޔަމް ޝަބީނާ އަޙްމަދު، މ. ރުއްފުށި

3- ކިންގްޑަމް އޮފް ބެލްޖިއަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ރާއްޖެއިން ކަނޑައަޅާ ސަފީރު ކަމަށް، ޤީލާ އަލީ، މ. ގީރާވިލާ

4- އެކުވެރި އަރަބި އިމާރާތަށް ރާއްޖެއިން ކަނޑައަޅާ ސަފީރު ކަމަށް، މުހައްމަދު ހުސައިން ޝަރީފް، މ. ކޮތަންމާގެ

5- އިނގިރޭސިވިލާތަށް ރާއްޖެއިން ކަނޑައަޅާ ސަފީރު ކަމަށް، ޑރ. އިރުތިޝާމް އާދަމް، ހ. އޯކިޑް

6- އެކުވެރި ދައުލަތްތަކުގެ ޖަމްއިއްޔާއަށް ރާއްޖެއިން ކަނޑައަޅާ މަންދޫބު ކަމަށް، ޑރ. އަލީ ނަސީރު މުހައްމަދު، ބެންހާގެ، ގދ. ގައްދޫ

7- ޖެނީވާގައި ހުންނަ އ.ދ.ގެ އޮފީސްތަކަށް ރާއްޖެއިން ކަނޑައަޅާ މަންދޫބު ކަމަށް، ޑރ. ސަލްމާ ރަޝީދު، މ. ވިލާދަށުގެ

8- ސިންގަޕޫރަށް ރާއްޖެއިން ކަނޑައަޅާ ސަފީރު ކަމަށް، މުހައްމަދު ލުވޭޒު، މއ. ދިލާސާގެ

ސަފީރު ކަމަށް އައްޔަނު ކުރުމަށް ފޮނުވާފައިވާ ނަންތަކަށް ރައްޔިތުންގެ މަޖިލިހުން ރުހުން ދީފައި މިވަނީ، އެކަން ނުކޮށް، ގިނަ ދުވަސްވެ، މީހުންގެ ފާޑުކިޔުން، އެމްޑީޕީގެ މެޖޯރިޓީ އޮންނަ މަޖިލީހަށް އަމާޒުވެފައި ވަނިކޮށެވެ.