ލޭންޑިން ކްރާފްޓެއް ބަންޑުން ޖަހާލައި، އެއިން ގެއްލުނު އެކަކު ހޯދަން ފަށާފައިވާ ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.

Ads by Asuru

އެމްއެންޑީއެފް އިން ބުނީ، ރ. ކުޑަކުރަތު ރިސޯޓުން ފުރައިގެން މާލެއަށް ދަތުރުކުރި ”ލިއޯ ޕާލް“ ލޭންޑިންގ ކްރާފްޓެއް ބަންޑުން ޖަހާލައި އެ އުޅަނދުން ދަތުރުކުރި ފަސް މީހުންގެ ތެރެއިން އެކަކު ގެއްލިގެން އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް ކޯސްޓްގާޑް ސެކެންޑް ސްކޮޑްރަން އިން ހަރަކާތްތެރިވާން ފަށާފައިވާ ކަމަށެވެ.

”މި ލޭންޑިންގ ކްރާފްޓް ދަތުރުކުރި ފަސް މީހުންގެ ތެރެއިން ހަތަރު މީހުންވަނީ ކަނޑުވެފައި ވަނިކޮށް ރޭ ފަތިހު ސީއެމްބިއުލޭންސް 21 އަށް ނަގާފައި.“

އެމްއެންޑީއެފުން ބުނީ ގެއްލުނު ބިދޭސީ މީހާ ހޯދުމުގެ މަސައްކަތުގައި ފާސްޓް އިންޓަރސެޕްޓަރ ކްރާފްޓް ހަކުރާ ދަނީ ހަރަކާތްތެރިވަމުން ކަމަށެވެ.