ބަންޑުން ޖަހާލި ކޮޅުވެއްޓިން ގެއްލުނު މީހާ ފެނިއްޖެއެވެ.

Ads by Asuru

އެމްއެންޑީއެފް އިން ކުރިން ބުނީ، ރ. ކުޑަކުރަތު ރިސޯޓުން ފުރައިގެން މާލެއަށް ދަތުރުކުރި ”ލިއޯ ޕާލް“ ލޭންޑިންގ ކްރާފްޓު ބަންޑުން ޖަހާލައި އެ އުޅަނދުން ދަތުރުކުރި ފަސް މީހުންގެ ތެރެއިން އެކަކު ގެއްލިގެން އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް ކޯސްޓްގާޑް ސެކެންޑް ސްކޮޑްރަން އިން ހަރަކާތްތެރިވާން ފަށާފައިވާ ކަމަށެވެ.

”މި ލޭންޑިންގ ކްރާފްޓް ދަތުރުކުރި ފަސް މީހުންގެ ތެރެއިން ހަތަރު މީހުންވަނީ ކަނޑުވެފައި ވަނިކޮށް ރޭ ފަތިހު ސީއެމްބިއުލޭންސް 21 އަށް ނަގާފައި.“

އެމްއެންޑީއެފުން މީގެ ކުޑަ އިރުކޮޅެއް ކުރިން ބުނީ ގެއްލުނު ބިދޭސީ މީހާ ފެނުނުއިރު، އެމީހާގެ އެއްވެސް ހަރަކާތެއް ނެތް ކަމަށާއި، އޭނާ ކ. ކާށިދޫ ސިއްހީ މަރުކަޒަށް ގެންދިޔުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.