ފުލުހުން ބަލަމުންދާ މައްސަލައަކާއި ގުޅިގެން ދެ މީހަކު ހޯދަން ފަށައިފިއެވެ.

Ads by Asuru

ފުލުހުން ބުނީ، ނ.މަނަދޫ ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާ މައްސަލައެއްގެ ތަހުގީގަށް މީހަކު ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީ، ޖިނާއީ މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެމަތިން ތަހުގީގަށް ހާޒިރުވުމަށް އަންގާ މީހުންނަކީ

ޝޮހެދުއްލާ (34އ)، ބަންގްލަދޭޝް

ޕާސްޕޯޓް ނަންބަރު: AE7471793

ހާޒިރުވާންވީ ފަރާތުގެ ފުރިހަމަ ނަމާއި އެޑްރެސް އަދި އުމުރު: ކޮކޮން މިއާ (34އ)، ބަންގްލަދޭޝް

ޕާސްޕޯޓް ނަންބަރު: EK0802116

ހާޒިރުކުރެވޭ ހައިސިއްޔަތު: މައްސަލައިގެ ތަހުގީގަށް ސުވާލުކުރުމަށް.

މި ދެ މީހުން ވެސް ނ. މަނަދޫ ޕޮލިސް ސްޓޭޝަނަށް ނުވަތަ އެންމެ ކައިރީގައިވާ ޕޮލިސް ސްޓޭޝަނަކަށް،  2024 މެއި 11 ވަނަ ދުވަހުގެ 20:00 އަށް ހާޒިރުވާން ފުލުހުން ވަނީ އަންގާފައެވެ.