20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ ގުޅިގެން މި ކޯޕަރޭޝަނުން ހުރިހައި ކެންޑިޓޭޓުންނަށް ކެމްޕެއިން ކުރުމުގެ ހަމަހަމަ ފުރުސަތު ހޯދައިދިނުމުގެ ގޮތުން ކެމްޕެއިން ބެނާއާއި ކެންވަސް ޖެހުމަށް ހުޅުވާލި ފުރުސަތުގައި ޖަހާފައިވާ ކެންވަސްތައް ނެގުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން( އެޗްޑީސީން) އެދިއްޖެއެވެ.

Ads by Asuru

އެޗްޑީސީން ބުނީ އާއްމު އިންތިހާބުތަކާ ގުޅިގެން ހުޅުމާލޭގެ މަގުތަކުގައި ބެނާ އާއި ކެންވަސް ޖެހުމުގެ ފުރުސަތު ހުޅުވާލިކަމުގައި ވިޔަސް، މަގުތަކުގައި ޖަހާ ކެންވަސް އާއި ބެނާތަކުގެ ސަބަބުން، މަގު ބޭނުން ކުރާ އާއްމު ފަރާތްތަކަށް ދަތިކަން ފޯރާ ކަމަށެވެ.

”އެހެންކަމުން މަޖިލިސް އިންތިހާބުގެ ކެމްޕެއިންގެ ބޭނުމަށް ޖަހާފައިވާ ބެނާތަކާއި ކެންވަސްތައް މިއަދުން ފެށިގެން ކުރިއަށް އޮތް 1 ހަފްތާ ތެރޭގައި ނަގައިދިނުމަށް މި ކޯޕަރޭޝަނުން އެދެމެވެ.“

އެޗްޑީސީން ވަނީ މިފަދަ ކަންކަމުގައި އެ ކޯޕަރޭޝަނުގެ އެދުމާ އެއްގޮތަށް ހުރިހައި ފަރާތްތަކުން ވެސް ދެއްވާ އެއްބާރުލުން ފާހަގަކޮށްފައެވެ.