ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ޔޫއޭއީގެ ރައީސް ޝައިހު މުހައްމަދު ބިން ޒައިދު ބިން އަލްނަހްޔާނަށް ހަމްދަރުދީގެ މެސެޖެއް ފޮނުއްވައިފިއެވެ.

Ads by Asuru

ރައީސް މުއިއްޒު ޔޫއޭއީގެ ރައީސަށް ހަމްދަރުދީގެ މެސެޖެއް ފޮނުއްވާފައި މި ވަނީ އެ ގައުމުގެ ޝާހީ އާއިލާގެ އިސް ބޭފުޅެއްކަމަށްވާ އަދި ޔޫއޭއީ ސަރުކާރުގެ އިސް މަގާމުތަކެއް ފުރުއްވާފައިވާ ޝައިހް ތަހްނޫން ބިން މުހައްމަދު އަލް ނަހްޔާން އަވަހަރާވުމާއި ގުޅިގެންނެވެ. އެމަނިކުފާނު އަވަހާރަ ވެފައި ވަނީ އިއްޔެގެ ވަގުތެއްގައެވެ.

ރައީސް މުއިއްޒުގެ ތައުޒިޔާގެ މެސެޖުގައި ޝައިހް ތަހްނޫން އަވަހާރަވުމާއި ގުޅިގެން ކުރިމަތިވި ޤައުމީ ހިތާމައިގެ މި ދަނޑިވަޅުގައި، ދިވެހި ރައްޔިތުންނާއި އަދި އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައި، ޝާހީ އާއިލާއަށާއި، އެ ގައުމުގެ ރައްޔިތުންނަށް ވަރަށް ހަމްދަރްދީ ފޮނުއްވާ ކަމުގައި ވިދާޅުވިއެވެ.

އުމުރުފުޅުން 82 އަހަރުގައި އަވަހާރަވި ޝައިހް ތަހްނޫނަކީ ޔޫއޭއީގެ އިރުމަތީގައި އޮންނަ އަލްއައިން ސަރަހައްދުގައި ޔޫއޭއީގެ ރައީސްގެ ފަރާތުން ހުންނަވާ މަންދޫބެވެ.