އައްޑޫ ސިޓީ ފޭދޫގައި ހަށިވިއްކަމުން ދިޔަ ބަޔަކު ފުލުހުން ހައްޔަރު ކޮށްފިއެވެ.

ފުލުހުން ބުނީ އައްޑޫ ސިޓީ ފޭދޫގައި އިއްޔެ ހިންގި އޮޕަރޭޝަނެއްގައި އެ ރަށުގެ ސްޕާއެއްގެ ގޮތުގައި ހިންގަމުން ދިޔަ ތަނެއް ބަލާ ފާސްކޮށްފައިވާ ކަމަށެވެ.

އަދި އެތަނުން ދިވެހި ދެ ފިރިހެނުންނާއި ތައިލޭންޑުގެ ތިން އަންހެން ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ޅމި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގުކުރަމުންނެވެ.

މިދިޔަ މާޗް މަހުވެސް އައްޑޫގައި ހަށިވިއްކަމުން ދިޔަ ކަމުގެ މައުލޫމާތު ލިބުމާ ގުޅިގެން ދެ ތަނެއް ބަލާ ފާސްކޮށް ބަޔަކު ވަނީ ހައްޔަރުކޮށްފައެވެ.