މަދިރީގެ ޒަރީއާއިން ފެތުރޭ ބަލިތައް ގިނަވަމުންދާތީ، ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން(އެޗްޑީސީ) އިން ހުޅުމާލެ ފޮގް ކުރަން ފަށައިފިއެވެ.
އެޗްޑީސީން މީސްމީޑިއާގައި ވަނީ މިކަން ހާމަކޮށްފައެވެ.
މަދިރީގެ ޒަރީއާއިން ޖެހޭ ބަލިތައް ގިނަވުމާ ގުޅިގެން ހުޅުމާލެގެ އެކި ސަރަހައްދުތައް ފޮގްކުރުމުގެ މަސައްކަތް ފަށައިފި.#އެޗްޑީސީއާއެކު#މަދިރިންރައްކާ pic.twitter.com/Niq2YtZ0sa
— Housing Development Corporation (@hdcmaldives) May 2, 2024
އީޑީސް މަދިރިން ޖެހޭ ޗިކުންގުންޔާ އަދި ޑެންގީ ހުން ވެސް ރާއްޖޭގައި ދަނީ ފެތުރެމުންނެވެ. މި ދެ ބަލީގެ ތެރެއިން، މި ދުވަސްވަރު އެންމެ ހަލުވިކަމާއިއެކު ފެތުރެނީ ޗިކުންގުންޔާއެވެ.
އެޗްޕީއޭ އިން ބުނީ، މިފަހުން ޗިކުންގުންޔާ ބަލި ފެތުރެން ފެށި ފަހުން، އެ ބަލި ޖެހުނު މީހުންގެ އަދަދު 100އަށްވުރެ އިތުރު ވެފައިވާ ކަމަށެވެ.
މި ބަލިން ރައްކާތެރިވުމަށް މަދިރި އުފެދޭ ތަންތަން ނައްތާލުމަށާއި، މަދިރި ލޯޝަން ބޭނުން ކުރުން ފަދަ ކަންކަން ކުރުމަށް އެޗްޕީއޭއިން އެދެއެވެ.