ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު އެދިވަޑައިގެންނެވި ގޮތަށް ފެނާއި ކަރަންޓު ބިލުން ރަމަޟާންމަހަށް ލުއި ދެވިފައިނުވާކަން ފާހަގަކުރެވި، އެކަން ހައްލު ކުރަން އެމަނިކުފާނު އަންގަވައިފިއެވެ.

Ads by Asuru

ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު މިރޭ ވިދާޅުވީ، ރަމަޟާންމަހު ފެނާއި ކަރަންޓު ބިލަށް ލުޔެއް ދެއްވުމަކީ ރައީސްގެ ވައުދެއް ކަމަށެވެ. ފެނާއި ކަރަންޓުބިލުތަކުން، ރައީސް މިޅޅ އެދިވަޑައިގެންނެވި ގޮތަށް، ލުއިދެވިފައި ނުވާކަން ފާހަގަކުރެއްވޭތީ، މިކަން ހައްލުކުރުމަށް ކަމާއިބެހޭ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ އަންގަވާފައިވާ ކަމުގައި ވެސް ވިދާޅުވިއެވެ.

ފެނާއި ކަރަންޓު ބިލުން ޑިސްކައުންޓު ދިނުމަށް ރައީީސް އެންގެވިއިރު،

ޔުޓިލިޓީޒް ރެގިއުލޭޓަރީ އޮތޯރިޓީން ކުންފުނިތަކަށް އަންގާފައި ވަނީ، މާޗު ކަރަންޓް ބިލުގައި ޑިސްކައުންޓް ހިމެނުމަށެވެ. މާޗު މަހުގެ އިތުރުން އޭޕްރީލް މަހުގައި ވެސް ރޯދަ މަހުގެ ދުވަސްތައް ހިމެނުނެވެ.

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ ވިދާޅުވީ، ކަސްޓަމަރުންނަށް މިހާރު ފޮނުވާފައިވާ ބިލްތައް މި ބަދަލާ އެއްގޮތަށް އަދާހަމަކުރުމަށްފަހު ވީއެންމެ އަވަހަކަށް ކަސްޓަމަރުންނަށް ފޮނުވާނެކަމަށެވެ.

ކަރަންޓު ބިލު ބޮޑުވެގެން އާއްމުންގެ ޝަކުވާތައް އިތުރުވީއިރު، މިހެން ދިމާވަނީ، މި ދުވަސްވަރަކީ ވަރަށް ބޮޑަށް ހޫނު ގަދަ ދުވަސްވަރަކަށް ވުމުން ކަމަށާއި، ކުރިއަށް އޮތް މަހުގައި ވެސް ހޫނު ގަދަ ވާނެ ކަމަށް ސްޓެލްކޯ އިން ވަނީ ބުނެފައެވެ.