ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން (ވެމްކޯ)އިން ފޮޅާ ސާފު ކުރުމުގެ ހިދުމަތް ދިނުމަށް ނިންމައިފިއެވެ.

Ads by Asuru

ވެމްކޯ އިން ބުނި ގޮތުގައި، އެންމެ ފުރަތަމަ ދޭން ނިންމާފައިވަނީ ސަރުކާރުގެ އިދާރާތަކާއި އޮފީސްތަކަށް ކަމަށެވެ.

އަދި އެ ހިދުމަތަށް އެދޭ ފަރާާތްތައް އިތުރުވަމުންދާ ނަމަ، ކުންފުނިން އިތުރަށް އެ ހިދުމަތް ފުޅާ ކުރާނެ ކަމަށް ވެސް ވެމްކޯ އިން ބުނެއެވެ.

ވެމްކޯއިން މި ހިދުމަތް ދިނުމަށް ނިންމާފައިވާއިރު، އެކުންފުނިން ކުރިއަށް އޮތް ދެ ހަފްތާތެރޭގައި ކުޅުދުއްފުށި ސިޓީ އާއި ދެކުނުގެ ތިނަދޫ ސިޓީގައި ކުނި މެނޭޖް ކުރަން ފެށުމަށް ހަމަޖެހިފައިވެއެވެ

މިކަމަށްޓަކައި، ކުނި ނަގަން ރަޖިސްޓްރީ ކުރުމާއި ވޭސްޓް ކަލެކްޝަން ސެންޓަރު ތައްޔާރު ކުރުމާއި އުޅަނދުތައް ފޮނުވަން ފަށާފައިވާއިރު، މުވައްޒަފުން ވެސް ވަނީ ތަމްރީން ކުރަން ފަށާފައެވެ.