އަންހެނުންގެ ހެދުމުގައި، ޓިކްޓޮކްގައި ވީޑިއޯތައް އާއްމު ކުރަމުންދާ ގ. ކަމަރާގެ، މުހައްމަދު ނަބީލު (ޔާޔާ ނަބީލު) ހައްޔަރު ކޮށްފިއެވެ.
ފުލުހުން ބުނީ އާއްމު އިޖްތިމާއީ މިންގަނޑާ ހިލާފަށް، އަންހެނުންގެ ނިވާކަން ކުޑަ ހެދުން ލައިގެން، މީސްމީޑިއާގައި ވީޑިއޯ ޝާއިއު ކުރަމުން ދިޔަ މީހަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ. އަދި އެއީ 39 އަހަރުގެ ފިރިހެނެއް ކަމަށް ބުނެ، މައްސަލަ ބަލަމުންދާކަން ވެސް ފުލުހުން ހާމަކުރިއެވެ.
ޔާޔާ ނަބީލް މީގެ ކުރިން ޓިކްޓޮކްގައި ބަރަހަނާވި މައްސަލައާ ގުޅިގެން 2021 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 11 ވަނަ ދުވަހު އޭނާ ހައްޔަރު ކުރިއެވެ.
އަދި ބަރަހަނާ ފޮޓޯތަކެއް މީސް މީޑިއާއަށް އަޕްލޯޑް ކުރި އެ މައްސަލައިގައި ކުރިމިނަލް ކޯޓުން ވަނީ ޔާޔާ ނަބީލު އެއް އަހަރު ދުވަހަށް ޖަލަށްލުމަށް 2022 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 22 ވަނަ ދުވަހު ހުކުމްކޮށްފައެވެ.
އެ ޖަލުހުކުމުގެ މުއްދަތު ހަމަވުމުން މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި އޭނާ ވަނީ މިނިވަންކޮށްފައެވެ.
މިހާރު އޭނާ ޓިކްޓޮކްގައި ވީޑިއޯތައް ޕޯސްޓު ކުރަމުން ދަނީ ”ލޫސީ“ގެ ނަމުގައި ހިންގާ އެކައުންޓަކުންނެވެ.
އިސްލާމީ ސަރީއަތުން ދޭންޖެހޭ އަދަބު އޭނާގެ މަށްޗައް ތަންފީޒް ކުރޭ އަވަހަށް