މަޔޮނައިޒް އަކީ ވަރަށް ގިނަ ކާއެއްޗެހި ތައްޔާރު ކުރަން ބޭނުން ކުރެވޭ އެއްޗެކެވެ. މިއީ ގޭގައިވެސް ވަރަށް ފަސޭހައިން ތައްޔާރު ކޮށްލެވިދާނެ އެއްޗެކެވެ.

Ads by Asuru

ބޭނުންވާނެ ތަކެތި:

1 ކުކުޅު ބިސް

1 ސައިސަމުސާ މަސްޓަޑް ކްރީމް

1 ސައިސަމުސާ ލުނބޯ ހުތް

ލޮނުކޮޅެއް

1 މޭޒުމަތީ ސަމުސާ ވިނެގަރ

1 ޖޯޑު ތެޔޮ

ތައްޔާރު ކޮށްލާނެ ގޮތް:

އެންމެ ފުރަތަމަ ބްލެންޑަރަށް ބިހާއި، ލުނބޯ ހުތްކޮޅާއި، މަސްޓަޑް އަދި ލޮނު އަޅާށެވެ. ތެޔޮ އަޅަން ވާނީ އެންމެ ފަހުންނެވެ. މި ހުރިހާ އެއްޗެއް ރަނގަޅަށް ބްލެންޑް ކޮށްލުމުން އެވަނީ މަޔޮނައިޒް ތައްޔާރު ކުރެވިފައެވެ.

މަޔޮނައިޒް ހެދުމަށް އެންމެ ރަނގަޅީ އޮލިވް އޮއިލް ނުވަތަ އަވަކާޑޯ އޮއިލް ބޭނުން ކުރުމެވެ. އެއީ ސިއްހީ ގޮތުން އެންމެ ރަނގަޅު ”ޗޮއިސް“އަށް ވާނެތީއެވެ.