އައްޑޫސިޓީގެ މަގުތައް ހެދުމުގެ މަޝްރޫއު ބާރު މިނުގައި ކުރިއަށްދާއިރު، މަޝްރޫއުގެ 86 އިންސައްތަ މަސައްކަތް ނިންމާލެވިފައިވާ ކަމަށް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ މިނިސްޓްރީން ބުނެފިއެވެ.

Ads by Asuru

އެ މިނިސްޓްރީން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ އެވުޒާރާގެ މިނިސްޓަރ، އޮފް ސްޓޭޓް، އިބްރާހިމް ނަޒީމް އައްޑޫ ސިޓީގެ މަގު ހެދުމުގެ މަޝްރޫއުގެ މަސައްކަތްތައް ބައްލަވާލައްވާފައިވާ ކަމަށެވެ.

އެގޮތުން މި މަޝްރޫއުގެ 86.25 އިންސައްތަ ނިމިފައިވާ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

ސްޓޭޓް މިނިސްޓަރުގެ މި ދަތުރުފުޅުގައި އައްޑޫ ސިޓީގެ މަގުހެދަމުގެ މަޝްރޫޢުގެ ކޮންޓްރެކްޓަރ އަދި ކޮންސަލްޓަންޓްއާއި ބައްދަލު ކުރައްވައި މި މަޝްރޫއުގެ މަސައްކަތްތަކާއި ގުޅޭގޮތުން މަޝްވަރާ ވެސް ކުރެއްވިއެވެ.

އައްޑޫގެ މަގުތައް ހެދުމުގެ މަޝްރޫއު އަވަސް ކުރުމަށް މިދިޔަ ހިތަދޫގައި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން(އާރް.ޑީ.ސީ)ގެ އޮފީހެއް ވެސް ވަނީ ހުޅުވާފައެވެ.