ހަ ރަށެއްގެ ކައުންސިލްތަކުން ހުސްވެފައިވާ މެންބަރުކަމުގެ މަގާމަށް ކައުންސިލަރުން އައްޔަންކުރުމަށް ބޭއްވި ބައި އިލެކްޝަންތަކުގެ ތެރެއިން ހަތަރު ބައި އިލެކްޝަން ވެރިކަން ކުރާ މައި ޕާޓީން ޕީއެންސީން ކާމިޔާބު ކޮށްފިއެވެ.

Ads by Asuru

އިއްޔެ މި އިންތިހާބުތައް ބާއްވާފައި ވަނީ މ. މަޑުއްވަރީ ކައުންސިލްގެ ރައީސް، ހއ. އުތީމު، ނ. ލަންދޫ، ނ. ވެލިދޫ ކައުންސިލްގެ މެންބަރު އަދި ހއ. ތަކަންދޫ، ރ. އިންނަމާދޫ ކައުންސިލްގެ އަންހެން މެންބަރު އިންތިހާބު ކުރުމަށެވެ.

ޕީއެންސީން ވަނީ ހއ. އުތީމު ކައުންސިލް މެންބަރުކަމުގެ ގޮނޑި އާއި ނ. ވެލިދޫ ކައުންސިލް މެންރުކަމުގެ ގޮނޑީގެ އިތުރުން ހއ. ތަކަންދޫ އާއި ރ. އިންނަމާދޫ ކައުންސިލްގެ އަންހެން މެންބަރުގެ ގޮނޑި ކާމިޔާބުކޮށްފައެވެ.

ޕީއެންސީން ވާދަކޮށް ބައި-އިލެކްޝަން ކާމިޔާބުކުރި ކެންޑިޑޭޓުންނަކީ ހއ. އުތީމު ކައުންސިލްގެ މެންބަރުކަމަށް، އިބްރާހީމް ސުނާންއާއި، ނ. ވެލިދޫ ކައުންސިލްގެ މެންބަރުކަމަށް، ޢަބްދުﷲ އަބްދުއްރައްޒާގާއި، ހއ. ތަކަންދޫ ކައުންސިލްގެ އަންހެން މެބަރުކަމަށް، ސަމީނާ މުހައްމަދާއި، ރ. އިންނަމާދޫ ކައުންސިލްގެ އަންހެން މެންބަރުކަމަށް، އާއިޝަތު ސަމްހާއެވެ.

މި ބައި-އިލެކްޝަންގައި އިދިކޮޅު އެމްޑީޕީއަށް ކާމިޔާބުކުރެވުނީ ނ. ލަންދޫ ކައުންސިލްގެ މެންބަރުކަމުގެ ގޮނޑިއެވެ.