މުދާ ބަރުކޮށްގެން ދަތުރު ކުރަމުންދަނިކޮށް ރޭ ފަރަށް އެރި ބޯޓު އަދިވެސް ފުން ނުކުރެވެއެވެ.
އެމްއެންޑީއެފް އިން ބުނީ މުދާ ބަރުކޮށްގެން، 16 މީހުންނާއިއެކު މާލެއިން ގދ.ފަރެސްމާތޮޑާއަށް ދަތުރުކުރަމުންދިޔަ “ރޯޝަނީ” ބޯޓު ފަރަށް އެރުމާއި ގުޅިގެން އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންގެ ސިފައިން ޑައިވަރުންނާއިއެކު އެ ސަރަހައްދަށް ގޮސް އެހީތެރިކަން ފޯރުކޮށްދޭން ފަށައިފަވާ ކަމަށެވެ.
އަދި ބޮޑު ދިޔައިގައި ކަފު ޖަހާނެ ބޯޓެއް އައުމާއެކު ފުން ކުރުމުގެ މަސައްކަތް ފެށުމަށް ހަމަޖެހިފައިވާ ކަމަށްވެސް އެމްއެންޑީއެފުން ބުނެއެވެ.
މި ބޯޓުން ދަތުރު ކުރި އެންމެންގެވެސް ހާލު ރަނގަޅު ކަމަށް އެމްއެންޑީއެފް އިން ބުނެއެވެ.
ފާސް އިންޓަރސެޕްޓިވް ޑައިވަރުންނާއެކު ބޯޓު ފުންކުރުމުގެ މަސައްކަތުގައި އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށްވެސް އެމްއެންޑީއެފުން ބުނެފައިވެއެވެ.