އަންހެން ހެދުމުގައި، ނިވާކަން ކުޑަކޮށް ހުރެ، ވީޑިއޯ އާއްމު ކުރަމުންދިޔަ މުހައްމަދު ނަބީލު (ޔާޔާ ނަބީލު)ގެ ބަންދަށް ކްރިމިނަލް ކޯޓުން 15 ދުވަސް ޖަހައިފިއެވެ.
ޔާޔާ ނަބީލް ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުން، އާންމު އިޖުތިމާއީ މިންގަނޑުތަކާ ހިލާފަށް ނިވާކަން ކުޑަ އަންހެން ހެދުން އަޅައިގެން ސޯޝަލް މީޑިއާގައި ވީޑިއޯ އާންމު ކުރަމުންދާ މައްސަލައިގައެވެ.
ފުލުހުން ބުނީ އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން 15 ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށެވެ.
މީގެ ކުރިންވެސް ފުލުހުން ވަނީ މި މައްސަލައިގައި އޭނާ ހައްޔަރުކޮށްފައެވެ. އޭރު އޭނާގެ މައްޗަށް ފުލުހުން ވަނީ އޮރިޔާން ކާޑު ގެންގުޅުމާއި އޮރިޔާން ކާޑު ހެދުމުގެ ދައުވާކޮށްފައެވެ.
ފިރިހެނަކު ނިވާކަން ކުޑަ ގޮތަކަށް އަންހެން ހެދުން އަޅައިގެން އުޅުމުން ހައްޔަރު ކުރެވުނު ގޮތަށް، އައުރަ ނިވާ ނުވާ ގޮތަށް، ހަށިގަނޑުގެ ވަނާ ތައް ފާޅުވާ ގޮތަށް ހެދުން އަޅައިގެން އުޅޭ އަންހެނުން ތައް ފުރަތަމަ ހައްޔަރު ކުރޭ!
ރަނގަޅު ވާހަކަ އެއް. މިހާރު ވަރަށް ގިނަވެއްޖެ ނިވާކަން ކުޑަކޮށް ހެދުން އަޅާ އަންހެން ވެރިންވެސް