އީޑީސް މަދިރީގެ ޒަރީއާއިން ފެތުރޭ ޗިކުންގުންޔާގެ އިތުރުން، ޑެންގީ ހުން ވެސް އިތުރުވަމުން އަންނައިރު، މަދިރިއާމެދު ސަމާލުވާން ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު އަހުމަދު ފައިސަލް އިލްތިމާސް ކުރައްވައިފިއެވެ.

Ads by Asuru

ފައިސަލް އެކްސްގައި ވިދާޅުވީ، ޑެންގީ ހުން ޖެހިގެން، ހަ ތުއްތު ކުއްޖަކަށް އެޑްމިޓް ކޮށްގެން ފަރުވާ ދެމުން އަންނަ ކަމަށެވެ. އޭނާ ވިދާޅުވީ، ބައެއް ކުދިންނަށް ލޭ ވެސް އަޅަން ޖެހޭ ކަމަށެވެ.

”މިއީ ފުރާނައަށް ނުރައްކާވާ ބައްޔެއްކަން ހަނދާން ނައްތާނުލާތި.“ ފައިސަލް ވިދާޅުވިއެވެ.

ޑޮކްޓަރު ވަނީ މަދިރިން ރައްކާތެރިވުމަށް ވެސް ގޮވާލައްވާފައެވެ.

މިއީ ވިއްސާރަ ދުވަސްވަރަކަށްވުމުން މަދިރީގެ ޒަރިއްޔާއިން ފަސޭހައިން ޖެހޭ ބަލިތައް އިތުރުވުމުގެ ފުރުސަތު ބޮޑެވެ.

އެހެންކަމުން ޑެންގީ ފަދަ މަދިރީގެ ޒަރީއާއިން ފެތުރޭ ބަލިތައް ކޮންޓްރޯލް ކުރުމަށާއި ބަލި ޖެހިއްޖެނަމަ ރައްކާތެރިވުމުގެ ގޮތުން އަޅާ ފިޔަވަޅުތަކަށް އިތުރަށް ސަމާލުވުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީން ވަނީ އަންގާފައެވެ.