ސިންގަޕޫރަށް ކުރެއްވި ނުރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ދެކަނބަލުން މިރޭ ރާއްޖެ ވަޑައިގެންފިއެވެ.
ނުރަސްމީ ދަތުރުފުޅެއްގައި ރައީސްގެ ދެކަނބަލުން ސިންގަޕޫރަށް ވަޑައިގެންނެވީ މިދިޔަ އަންގާރަ ދުވަހުގައެވެ.
މިއީ ރައީސްގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ނުރަސްމީ ދެވަނަ ދަތުރުފުޅެވެ.
ރައީސް އޮފީހުން މިރޭ ބުނީ ސިންގަޕޫރަށް ކުރެއްވި ނުރަސްމީ ދަތުރުފުޅު ނިންމަވައިލެއްވުމަށް ފަހު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުއލއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ރާއްޖެ ވަޑައިގެންނެވީ މިރޭގެ ވަގުތެއްގައި ކަމަށެވެ.