ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ތިބި އިންޑިއާ ސިފައިން އަނބުރާ ގައުމަށް ފޮނުވާލުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން މިހާތަނަށް 51 ސިފައިންގެ މީހުން އަނބުރާ ގައުމަށް ފޮނުވާލައިފިއެވެ.
އަދި ސަރުކާރުން ކުރިން ވެސް ހާމަކުރި ގޮތަށް މިމަހުގެ 10 ގެ ކުރިން ހުރިހާ ސިފައިން ފޮނުވާލެވޭނެ ކަމަށް ހީނާ ވިދާޅުވިއެވެ.
”މިހާތަނަށް ދެ ޕްލެޓްފޯމެއްގައި ތިބި 51 ފައިބައިގެން ދިޔަ. މޭއި މަހުގެ 10 ވަނަ ދުވަހުގެ ކުރިން ހުރިހާ ސިފައިން ފައިބައިގެން ދިއުން އެއީ ސަރުކާރުން އަދި އެކަން އޮތް ގޮތަކީ“ ހީނާ ވިދާޅުވިއެވެ.
ހީނާ އިތުރަށް ވިދާޅުވީ، ރާއްޖޭގައި ތިބި އިންޑިއާގެ ހުރިހާ ސިފައިން ފައިބައިގެން ދިއުމުން އެކަމާއި ގުޅޭ އިތުރު މައުލޫމާތު ހިއްސާ ކުރައްވާނެ ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެފައި ވަނީ، މި މަހުގެ 10ގެ ކުރިން، ރާއްޖޭގައި ތިބި ހުރިހާ އިންޑިއާ ސިފައިން އެ ގައުމަށް ފޮނުވާލާނެ ކަމަށެވެ.
