އެމްއެއޭސީއެލްގެ އުޅަނދެއް ގެއްލުނު މައްސަލައިގައި ބަޔަކު ހައްޔަރުކޮށްފިއެވެ.

Ads by Asuru

އިއްޔެ ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނެފައިވަނީ އެމްއޭސީއެލްގެ އުޅަނދެއް ގެއްލިފައިވާ މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.

ފުލުހުން ބުނީ މި މައްސަލައިގައި ތުހުމަތުކުރެވޭ ބަޔަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

ނަމަވެސް އެއީ ކިތައް މީހުން ކަމެއް އަދި އެ މީހުންގެ ވަނަވަރެއް ފުލުހުން އަދި ހާމަކޮށްފައެއް ނުވެއެވެ.

މައްސަލައިގެ އިތުރު ތަފުސީލެއް ނުދީ ފުލުހުން ބުނީ މައްސަލަ ތަހުގީގުކުރަމުންދާ ކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މި މައްސަލައަކީ އެމްއޭސީއެލްގެ މެނޭޖިންގ ޑިރެކްޓަރު އިބްރާހިމް ޝަރީފްގެ ވެހިކަލް ވަގަށް ނެގި މައްސަލައެވެ.

އޭނާގެ ވެހިކަލް ވަގަށް ނެގި މައްސަލަ ފެންމަތިވީ ހަފުތާއެއް ކުރިންނެވެ.