މޫސުމާއި ބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން ހދ އަތޮޅުން ފެށިގެން ތ އަތޮޅާއި ހަމައަށް ހުދު ސަމާލު ނެރެފިއެވެ.

Ads by Asuru

އެ އަތޮޅުތަކަށް މެޓުން ހުދު ސަމާލު ނެރެފައިވަނީ މިއަދު ހެނދުނު 7:15 އިން މެންދުރު 13:00 އަށެވެ.

އެލާޓުގެ ވަގުތުތަކުގައި އެ ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށް ލަފާކުރެވޭ ކަމަށާއި ވިލާގަނޑުގައި 40 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށް މެޓުން ބުނެއެވެ.

މި ދުވަސްވަރު ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަ ކުރަމުން އަންނައިރު، ރޭ ވެސް ބައެއް ހިސާބުތަކަށް މެޓުން ވަނީ އެލާޓު ނެރެފައެވެ.