ާމާލޭގެ ގެއަކުން މަރުވެފައިވާ މީހަކު ފެނިއްޖެއެވެ.

Ads by Asuru

ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިފާން ވިދާޅުވީ، ބަނޑޭރިކޮށި ގެއެއް ޗެކު ކުރި ކުރުމުގައި، މަރުވެފައިވާ ފިރިހެނަކު ފެނިފައިވާ ކަމަށެވެ.

ޝިފާން ވިދާޅުވީ، ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން، ބަނޑޭރިކޮށީގެ އެޕާޓްމަންޓެއް ބެލި ބެލުމުން މަރުވެފައިވާ މީހަކު ފެނިފައިވާ ކަމަށާއި، ސީންގައި ފުލުހުން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.

މީހާ މަރުވެފައި އޮއްވާ ފެނުނު ގޭގައި އެއްވެސް މީހަކު ނޫޅޭކަން ފުލުހުން ވަނީ ހާމަކޮށްފައެވެ.