ރާއްޖޭގެ އެންމެ އެންމެ ދެކުނަށް ނެރުނު އޮރެންޖް އެލާޓުގެ ވަގުތު އިތުރު ކޮށްފައެވެ.

Ads by Asuru

ފުވައްމުލަކާއި އައްޑޫ ސިޓީ އަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން އެންމެ ފުރަތަމަ އޮރެންޖު އެލާޓު ނެރުނީ މެންދުރު 14:00 އިން މިރޭ 19:00 އަަށެވެ. މެޓްއިން މިހާރު އެލާޓުގެ ވަގުތު މިރޭ 23:00 އަށް ވަނީ އިތުރު ކޮށްފައެވެ.

ދެވަނަ ފަހަރަަށް ނެރެފައިވާ އެލާޓުގައި ވަނީ ގަޑިއަކު 34 މޭލާއި 40 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހި އަދި ވިލާގަނޑުގައި ގަޑިއަކު 60 މޭލަށް ވައި ގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް ލަފާ ކޮށްފައެވެ.

މެޓުން ވަނީ، ހޯމަ ދުވަހުން ފެށިގެން، ބުރާސްފަތި ދުވަހުގެ ނިޔަލަށް ރާއްޖޭގެ ހުރިހާ ހިސާބަކަށް ވެސް މޫސުން ގޯސް ވާނެ ކަމަށް ބުނެ، ސަމާލުވާން އެދިފައެވެ.

މި ދުވަސްވަރު މޫސުން ގޯސްވުމާއިއެކު، ރޭގަނޑުގެ ވަގުތުތަކުގައި ދަތުރު ނުކުރުމަށް ގައުމީ ދިފާއީ ބާރުން ވަނީ އިލްތިމާސް ކޮށްފައެވެ.