އަންހެން ހެދުން ލައިގެން ޓިކްޓޮކްގައި ވީޑިއޯ ހިއްސާ ކުރަމުންދިޔަ މީހާގެ ބަންދަށް އިތުރު ދުވަސް ޖަހައިފިއެވެ.

މުހައްމަދު ނަބީލު ނުވަތަ ޔާޔާ ނަބީލުގެ ބަންދަށް ކްރިމިނަލް ކޯޓުން 15 ދުވަސް ޖަހާފައި ވެއެވެ.

ފުލުހުން ބުނީ އާންމު އިޖުތިމާއީ މިންގަނޑުތަކާއި ހިލާފަށް ނިވާކަން ކުޑަ އަންހެން ހެދުން އަޅައިގެން ސޯޝަލް މީޑިއާގައި ވީޑިއޯ ޝާއިއުކުރަމުންދިޔައީ އުމުރުން 39 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.

ކޯޓު އަމުރެއްގެ ދަށުން ފުލުހުން އެމީހާ ހައްޔަރުކޮށްފައިވަނީ މީގެ 2 ހަފްތާ ކުރިންނެވެ.

ފުލުހުން މިހާރު ދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.

މީގެކުރިން ނަބީލް ވަނީ ބަރަހަނާ ފޮޓޯ އާއި ފާޅުކަން ބޮޑު ގޮތެއްގައި އޮރިޔާންކާޑު އުފައްދާ އާންމު ކުރި މައްސަލާގައި އެއް އަހަރާއި އެއް މަހާއި ހަ ދުވަހަށް ޖަލަށް ލާފައެވެ.