މިހާރު ކުރަމުން އަންނަ ވިއްސާރައިގައި، މާލޭގެ މަގުތަކަށް ވެއްޓުނު ބައެއް ގަސް ނެގުމުގެ މަސައްކަތް މާލެ ސިޓީ ކައުންސިލުން ކުރަމުން އެބަދެއެވެ.

އެ ކައުންސިލުން ބުނީ، ވައިގަދަވެ ވިއްސާރަވެ، ވެލާނާގެ ކުރިމަތީގައި ހުރި ގަސް ވަނީ ވެއްޓި، ދުއްވާފައި ދިޔަ ސައިކަލަކަށާއި ޕާކުކޮށްފައި ހުރި ސައިކަލަކަށް ވަނީ ގެންލުން ލިބިފައި ކަމަށެވެ.

އަދި ބޮޑުތަކުރުފާނު މަގު ސަން ސިޔާމު ބިލްޑިންގ ކުރިމަތީ ޕާކިންގ ޒޯންގައި ހުރި ގަސް ވެސް ބިންދައިގެން ގޮސް ވެއްްޓިފައިވާއިރު،  ކައުންސިލުން ދަނީ މި ގަސް ނެގުމުގެ މަސައްކަތް ވެސް ކުރަމުންނެވެ.

ވިއްސާރަ ދުވަސްވަރު ބޭރުގައި އުޅޭއިރު ރައްކާތެރިކަމަށް ސަމާލުކަން ދިނުމަށް މާލެ ސިޓީ ކައުންސިލުން އިލްތިމާސް ކުރެއެވެ.

ރާއްޖޭގެ އެކި ހިސާބަށް މޫސުން ގޯސްވެފައިވާއިރު، ކަނޑު ދަތުރު ކުރާ މީހުން މޫސުމަށް ސަމާލުވާން ކަމާބެހޭ އިދާރާތަކުން އިލްތިމާސް ކުރެއެވެ.