ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެންމެ ގިނައިން ވާރޭ ވެހިފައި ވަނީ ކ.ގާފަރަށް ކަމުގައި މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް(މެޓް) އިން ބުނެފިއެވެ.
އިއްޔެ ހެނދުނު 8:00 އިން މިއަދު ހެނދުނު 8:00 އަށް ރާއްޖޭގެ އެކި ކަންކޮޅުތަކަށް ވާރޭ ވެހުނު މިންވަރު މެޓް އިން ހާމަކޮށްފައިވެއެވެ.
އެ މައުލޫމާތުން އެނގޭ ގޮތުގި ފާއިތުވެދިޔަ 24 ގަޑިއިރު އެންމެ ބޯކޮށް ވާރޭވެހިފައިވަނީ ގާފަރަށެވެ. އެ ރަށަށް 64.1 މިލިމީޓަރުގެ ވާރޭވެހިފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.
ދެން އެންމެ ގިނައިން ވާރޭ ވެހުނު ކަމަށް ތަފާސްހިސާބުތަކުން ދައްކަނީ ބ. ގޮއިދޫއަށެވެ. ތިން ވަނައަށް އެންމެ ބޯކޮށް ވާރޭވެހުނީ ބ. ދަރަވަންދޫއަށެވެ.
ހދ. ހަނިމާދޫ އަށް 24.6 މިލިމީޓަރުގެ ވާރޭ ވެހުނުއިރު، ބ. ދަރަވަންދޫއަށް 29.5 މިލިމީޓަރުގެ ވާރޭ ވެހުނެވެ. ބ. ގޮއިދޫ އަށް 36 މިލިމީޓަރުގެ ވާރޭ ވެހުނުއިރު، ގާފަރަށް 64.1 މިލިމީޓަރުގެ ވާރޭ ވެހުނެވެ. ކ. ދިއްފުއްޓަށް 27.9 މިލިމީޓަރުގެ ވާރޭ ވެހުނުއިރު، މާލެއަށް 23.9 މިލިމީޓަރުގެ ވާރޭ، އަދި ހުޅުލެއަށް 28.1 މިލިމީޓަރުގެ ވާރޭ ވެހުނެވެ. މީގެއިތުރުން އއ. ތޮއްޑޫ އަށް 25.1 މިލިމީޓަރުގެ ވާރޭ ވެހުނެވެ.