ސެންޓާރާ ރިސޯޓުގައި ގެނބުނު ފަތުރުވެރިޔަކު ސަލާމަތް ކުރަން އުޅުމުގެ ތެރޭގައި ދިވެއްސަކު މަރުވެއްޖެއެވެ.
ފުލުހުން ބުނީ، އދ. ސެންޓަރާ ރިސޯޓުގައި ފަތުރުވެރިއަކު ގެނބިގެން އުޅެނިކޮށް ސަލާމަތްކުރުމަށް މަސައްކަތް ކުރި ދިވެހި މުވައްޒަފަކު ގެނބި، ހާލު ދެރަވެގެން ދަނގެތީ ހެލްތު ސެންޓަރަށް ގެންދިޔަ އިރު އެމީހާ އޮތީ މަރުވެފައި ކަމަށެވެ.
މި ހާދިސާގައި މަރުވީ އުމުރުން 39 އަހަރުގެ ދިވެހި ފިރިހެނެކެވެ.
ފުލުހުން ބުނީ ގެނބުނު ފަތުރުވެރިޔާގެ ހާލު ރަނގަޅު ކަމަށެވެ. އަދި މިކަމުގައި ބަލަން ޖެހޭ ކަންކަން ބަލަމުންދާކަަމަށް ވެސް ފުލުހުން ބުނެ އެވެ.

ފުރަތަމަ ތިމާގެ ރައްކާތެރިކަން