ހުޅުމާލެ ފޭސް ދޭއްްގެ ބިން ހިއްކަމުންދާ ސަރަހައްދުގައި އަޅާފައިވާ ސަފާރީތައް ނަގަން ހައުސިން ޑެވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ން އަނެއްކާވެސް އަންގައިފިއެވެ.

އެޗްޑީސީން ކުރި އިއުލާނެއްގައި ބުނީ މިދިޔަ އަހަރު ކުރި އިއުލާނާއި އެއްގޮތަށެ ހުޅުމާލެ ދެވަނަ ފިޔަވަހީގައި ބިން ހިއްކާ ސަރަހައްދުގައިވާ ސަފާރީތަަކަށް އެ ސަރަހައްދަށް ވަންނަ ކޮޅުވެއްޓިތަކުގެ ސަބަބުން ގެއްލުން ލިބި ނުރައްކާތެރި ހާދިސާ ހިނގާފައިވުމާއި މުސްތަގުބަލުގައިވެސް ހިނގައިފާނެ ކަަމަށް ލަފާ ކުރެވޭ ކަމަށެވެ.
އެހެންވެ އެކަމުން ރައްކާތެރިވުމަށް މި މަހުގެ 30 ވަނަ ދުވަހުގެ ކުރިން އެ ސަރަހައްދުގައިވާ އުޅަނދުތައް ނެގުމަށް އަންގާ ކަމަށެވެ.
އެޗްޑީސީގެ އިއުލާނުގައި އިތުރަށް ބުނީ އެ މުއްދަތުގެ ފަހުން އެ ސަރަހައްދުގައި އެއްވެސް އުޅަނދެއް އެޅުމަކީވެސް މަނާ ކަމެއް ކަަމަށެވެ.