އުމުރުން އެންމެ 13 އަހަރުގެ އަންހެން ކުއްޖަކު ރޭޕްކުރިކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހާގެ ބަންދަށް 30 ދުވަސް ޖަހައިފިއެވެ.
މި މައްސަލައިގެ ތުހުމަތުގައި އިއްޔެ ހައްޔަރުކުރީ ނ. މިލަދޫ / މީޒާން، އަހްމަދު ވިއާމް (27އ)އެވެ.
ފުލުހުން ބުނީ އޭނާގެ ބަންދަށް 30 ދުވަސް ޖަހާފައިވަނީ އޭނާގެ ބަންދާއި މެދު ގޮތެއް ނިންމުމަށް މިއަދު ކޯޓަށް ހާޒިރުކުރުމުން ކަމަށެވެ.
މީގެއިތުރުން އޭނާ ފިލުމަށް އެހީތެރިވި ކަމުގެ ތުހުމަތުގައި އިއްޔެ ހައްޔަރުކުރި 29 އަހަރުގެ މީހާގެ ބަންދަށް ކޯޓުން ވަނީ 12 ދުވަސް ޖަހާފައެވެ.
