ސްޓެލްކޯގެ ޑިރެކްޓަރުންގެ ބޯޑަށް ޔޫސުފް ވަހީދު އައްޔަނު ކޮށްފިއެވެ.

ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން އޭނާ އެ މަގާމަށް އައްޔަނު ކޮށްފައިވާކަން ފާހަގަކޮށް، ސްޓެލްކޯ އިން ވަނީ އޭނާއަށް މަރުހަބާ ކިޔައި ސޯޝަލް މީޑިއާގައި ޕޯސްޓު ކޮށްފައެވެ.

ސްޓެލްކޯގެ ޑިރެކްޓަރުންގެ ބޯޑުގައި އެގްޒެކެޓިވް ޑިރެކްޓަރުންގެ ގޮތުގައި ތިއްބަވަނީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ އާއި ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ޑރ.އަލީ އަޒްވަރުއެވެ.

ބޯޑުގައި ޗެއާމަންއަކަށް ހުންނަވަނީ މުހައްމަދު ލަތީފެވެ.

އަދި ނޮން-އެގްޒެކެޓިވް ޑިރެކްޓަރުންގެ ގޮތުގައި ތިއްބަވަނީ އަހުމަދު ހާޝިމާއި މުހައްމަދު އާމިރުގެ އިތުރުން  ކޮމްޕެނީގެ ސެކްރެޓަރީ އަހުމަދު ސަމީހުއެވެ.