މަކަރާއި ހީލަތުގެ މައްސަލައެއްގެ ތަހުގީގަށް އަންހެނަކު ހޯދަން އިއުލާނު ކޮށްފިއެވެ.

މި މައްސަލައިގައި ފުލުހުން ހޯދަނީ އއ. މާޅޮސް ހިތްފަސޭހަގޭ ފާތުމަތު ޔުސްރާ، 36، އެވެ.

ފުލުހުން ބުނީ އޭނާ ހޯދަނީ އިހަވަންދޫ ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުން އަންނަ މަކަރާއި ހީލަތުގެ މައްސަލައެއްގެ ތަހުގީގަށް ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކި ތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދު ކުރެވިފައި ނުވާތީ ކަމަށެވެ.

އަންނަ މަހުގެ 3 ވަނަ ދުވަހުގެ މެންދުރު ފަހު 2:00 އަށް މާލޭގެ ސާޖަންޓް އާދަމް ހަލީމް ކްރައިމް އިންވެސްޓިގޭޝަން ބިލްޑިން އަށް ނުވަތަ އެންމެ ކައިރީގައިވާ ޕޮލިސް ސްޓޭޝަނަކަށް ޔުސްރާ ހާޒިރުވާން އަންގާ ކަމަށް ވެސް ފުލުހުން ބުނެއެވެ.