ވިހި ވަނަ ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވެވަޑައިގެންނެވި މެމްބަރުން ހުވާ ކުރެއްވުން، މާދަމާ އޮންނާނެއެވެ.

މި ހާއްސަ ރަސްމިއްޔާތު ހެނދުނު 9:00 ގައި ފެށުމަށް ވަނީ ހަމަޖެހިފައެވެ.

އާ މެމްބަރުން ހުވާ ކުރެއްވުމަށްފަހު، މަޖިލީހުގެ ރައީސާއި ނައިބު ރައީސް އިންތިހާބުކުރާ ޖަލްސާ 10:15 އަށް ތާވަލުކޮށްފައިވާކަމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން މައުލޫމާތުދެއެވެ.

މިޖަލްސާގެ ރިޔާސަތު ބަލަހައްޓަވަނީ ދ.މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް މުހައްމަދެވެ. ‏އާ މަޖިލީހުގައި 93 ދާއިރާ ތަމްސީލު ކުރައްވާ މެމްބަރުން ތިއްބަވާނެއެވެ.