”އިމަރޖެންސީ މެޑިސިން ޑޭ 2024″ ގެ މުނާސަބަތުގައި ބޭއްވި ހަފްލާ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހުސައިން މުހައްމަދު ލަތީފު ޝަރަފުވެރިކޮށްދެއްވައިފިއެވެ.
މި ރަސްމިއްޔާތު ކުރިއަށް ދިޔައީ މިއަދު ހެނދުނު ދަރުމަވަންތަ ހޮސްޕިޓަލުގައެވެ.
މިއަދުގެ ރަސްމިއްޔާތުގައި ދިވެހިރާއްޖޭގައި“އިމަރޖެންސީ މެޑިސިން“ ކުރިއެރުވުމާ ގުޅޭ ގޮތުން ތައްޔާރުކޮށްފައިވާ ވިޑިއޯ ޕްރެޒެންޓޭޝަނެއް ދެއްކުން އޮތެވެ.
އަދި ކާޑިއޯޕަލްމޮނަރީ ރިސަސިޓޭޝަން (ސީ.ޕީ.އާރު) ފަރުވާދިނުން ދައްކާލުމާއި، ސީ.ޕީ.އާރު ފަރިތަކުރުމަށް 30 މިނިޓުގެ ހަރަކާތެއްވެސް ކުރިއަށް ގެންގޮސްފައިވެއެވެ. މީގެ އިތުރުން ސީ.ޕީ.އާރު ޓްރެއިނިންގ ފުރިހަމަކުރެއްވި ފަރާތްތަކަށް ނައިބު ރައީސް ވަނީ ސެޓްފިކެޓް ހަވާލުކޮށްދެއްވާފައެވެ.
އިމަރޖެންސީ މެޑިސިން ފުރަތަމަ އުފެދިފައިވަނީ 1970 ވަނަ އަހަރުގެ މެއި މަހުގެ 27 ވަނަ ދުވަހު ޔޫރަޕްގައެވެ. މި އަހަރުގެ އިމަރޖެންސީ މެޑިސިން ޑޭ ގެ ޝިއާރަކީ ”ކްލައިމެޓް ޗޭންޖް އިޒް އަ ހެލްތް އިމަރޖަންސީ ޓޫ“ އެވެ.
