ދިވެހިރާއްޖޭގެ އުތުރުގެ ސަރަހައްދަކަށް ބިންހެލުމެއް އަތުވެއްޖެއެވެ.

މި ބިންހެލުން އައިސްފައި ވަނީ ހދ. ކުޅުދުއްފުއްޓާއި 234 ކިލޯމީޓަރު ކައިރިއަށެވެ.

މިރޭ ރާއްޖެ ގަޑިން 8:26ގައި މި ބިންހެލުން އައިސްފައި ވަނީ 4.5 މެގްނެޓިއުޑް ބާރުމިނުގައި، 10 ކިލޯމީޓަރު އަޑިންނެވެ.

މި ބިންހެލުމާއި ގުޅިގެން 23 ރިޕޯޓެއް ލިބުނުއިރު، ބިން ހެލުމުގެ އަސަރު ކުރި ކަމުގެ ހަ ރިޕޯޓެއް ލިބިފައިވާ ކަމަށާއި، ކުޅުދުއްފުއްޓަށް ބިންހެލުމުގެ އަސަރު ކޮށްފައިވުމަކީ އެކަށީގެންވާ ކަމެއް ކަމަށް ވޮލްކެނޯ ޑިސްކަވަރީ ވެބްސައިޓުގައި ވަނީ ބުނެފައެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން މިރޭ ބުނީ، މި ބިންހެލުމާއި ގުޅިގެން، ހދ އަތޮޅުގެ ބައެއް ރަށްތަކުގެ ބިންގަނޑަށް ލޮޅުން އިހުސާސް ކުރެވުނު ކަމަށެވެ.