20 ވަނަ ރައްޔިތުންގެ މަޖިލީހުގެ 93 މެމްބަރުން، މިއަދު ހުވާ ކުރައްވައިފިއެވެ.
ރައްޔިތުންގެ މަޖިލިހުގެ އިދާރާގައި މިއަދު ހެނދުނު 9:00 ގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެ މެމްބަރުންނަށް ހުވާ ދެއްވީ އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާނެވެ. ހުވާކުރެއްވުމާ ގުޅިގެން ކޮންމެ މެމްބަރަކު ވެސް ވަނީ އިގުރާރުގައި ސޮއިކުރައްވައިފައެވެ.
މެމްބަރުން ހުވާ ކުރެއްވުމުގެ ޖަލްސާ އަށް ފަހު ހެނދުނު 10:15 ގައި 20 ވަނަ ދައުރުގެ ފުރަތަމަ ޖަލްސާ އޮންނާނެއެވެ.
މިދިޔަ މަހުގެ 21 ވަނަ ދުވަހު ބޭއްވި މަޖިލިހުގެ އިންތިހާބުގައި ޕީއެންސީން ވަނީ 66 ގޮނޑި ކާމިޔާބުކުރިއެވެ.
ނަމަވެސް މަޖިލިސް އިންތިހާބުގައި އަމިއްލަ ގޮތުން އިންތިހާބު ވެވަޑައިގެންނެވި ނުވަ މެމްބަރަކު ޕީއެންސީއާ ގުޅިވަޑައިގަތުމުން އެ ޕާޓީގެ މެމްބަރުންގެ އަދަދު ވަނީ 75 އަށް އިތުރުވެފައެވެ.
