ވިހިވަނަ ރައްޔިތުންގެ މަޖިލީހަކީ މީހުންނާއި ޒާތީވެ، ޝަހުސު ކަތިނުލާ އަދުލުވެރި މަޖިލީހަކަށް ވާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް އިސްލާމިކް މިނިސްޓަރު ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ޝަހީމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ އާ މަޖިލީހަކީ ވަރަށް ނަމޫނާ މަޖިލީހަކަށް ވާނެ ކަމަށެވެ.
އަދި މީގެ ކުރިން ފެނިގެންދިޔަ ކަހަލަ މަންޒަރު މި މަޖިލީހުން ފެނިގެން ނުދާނެ ކަމަށް ވެސް ވިދާޅުވިއެވެ.

ޝަހީމް ވަނީ މަޖިލީހުގެ އާ ރައީސް އަބްދުއްރަހީމް އަބްދުﷲ އަށާއި ނައިބު ރައީސް ޕީއެންސީ އަށް ނިސްބަތްވާ ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމަށަ މަރުހަބާ ދަންނަވާފައެވެ.

20 ވަނަ މަޖިލީހުގެ ސުޕަރ މެޖޯރިޓީ ލިބިފައި ވަނީ ވެރިކަން ކުރާ މައި ޕާޓީ، ޕީއެންސީއަށެވެ.