ފަލަސްތީނުގެ މުސްލިމު އަހުންނާއި އުހްތުންގެ ހައްގުގައި އަޅުއްވަން ޖެހިވަޑައިގެންނެވި ކޮންމެ ފިޔަވަޅެއް އެޅުއްވުމަށް ވެސް، ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ފަސްޖެހިވަޑައިނުގަންނަވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެމްބަރު އިބްރާހީމް ޝުޖާއު ވިދާޅުވެއްޖެއެވެ.

މެމްބަރު ޝުޖާއު މިހެން ވިދާޅުވެފައިވަނީ، އިޒްރޭލުގެ ޕާސްޕޯޓު މަނާ ކުރުމަށް ގިނަ ބަޔަކު ގޮވާލަމުންދާ މި ދަނޑިވަޅުގައި، އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

”ދިވެހި ލޮބުވެތި ރައްޔިތުންގެ ހައްގުގަ އާއި އިސްލާމްދީނުގެ ހައްގުގަ އަދި ފަލަސްތީނުގެ ރައްޔިތުންނަށްޓަކައި ދިވެހިރާއްޖެއިން އަޅަންޖެހޭ ކޮންމެ ފިޔަވަޅެއް އެޅުމަށް ރައީސް ޑރ.މުއިއްޒު ފަސްޖެހިވަޑައެއް ނުގަންނަވާނެ.“ ޝުޖާއު ވިދާޅުވިއެވެ. 

އޭނާ އިތުރަށް ވިދާޅުވީ ”އަޅުގަނޑުމެންނަށް ރިޒްޤް ދެއްވާނީ މާތްالله“ ކަމަށެވެ.

ޝުޖާއު އެކްސްގައި ކުރެއްވި ޕޯސްޓުގައި ހަތަރު ވަނަ ސިޑްސް ކޮންފަރެންސްގައި، ރައީސް މުއިއްޒު، އިޒްރޭލުން ދެމުންދާ ހަމަލާތައް ހުއްޓާލުމަށް ޔަހޫދީންނަށް ގޮވާލައްވާ މަންޒަރު ފެންނަ ވީޑިއޯއެއް ހިއްސާ ކުރެއްވިއެވެ.

ރައީީސް މުއިއްޒު ވިދާޅުވީ، މިއީ އިޒްރޭލުގެ ލީޑަރުން އިންސާފާ ކުރިމަތިލާން ޖެހޭ ވަގުތު ކަމަށާއި، ފަލަސްތީނުގެ ރައްޔިތުންނާއި ދެކޮޅަށް ހިންގަމުންދާ ގަތުލުއާއްމު މިހާރުން މިހާރަށް ހުއްޓާލަން ޖެހޭ ކަމަށެވެ.

ައިޒްރޭލުގެ ޕާސްޕޯޓު މަނާ ކުރަން އާދީއްތަ ދުވަހު ވަޒީރުންގެ މަޖިލީހަށް ހުށަހަޅާނެ ކަމަށް މައުލޫމާތުލިބެއެވެ. މިއީ މިފަދަ ނިންމުމެއް ދިވެހި ސަރުކާރުން ނިންމާ ފުރަތަމަ ފަހަރަށް ވެގެންދާނެއެވެ

މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ހަތްވަނަ ދުވަހު، ޔަހޫދީން ޣައްޒާއަށް ދޭން ފެށި ހަމަލާތައް ވަރުގަދަކޮށްފައިވާއިރު، ޔަހޫދީން މިހާރު ސުންނާފަތި ކުރަމުން ދަނީ، ޣައްޒާގެ ދެކުނުގައިވާ ރަފަހް ސިޓީއެވެ.

ަ

 

 

 

ި