ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، އަނިޔާވި އެކަކަށް ފަރުވާ ދޭން ފަށައިފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ހުޅުމާލޭގެ ރީތިގަސްމަގު ކަރެކްޝަނަލް ސާވިސް ކައިރީ ކާރަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް ހިނގާފައިވާ ކަމުގެ މައުލޫމާތު މިއަދު 16:40 ހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ.

މި އެކްސިޑެންޓުގައި އަނިޔާވީ 35 އަހަރުގެ ދިވެހި އަންހެނަކަށް ކަމަށް ފުލުހުން ބުނެއެވެ.

އޭނާއަށް ހުޅުމާލޭގައި ހުންނަ ޓްރީޓޮޕް ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

އޮފިޝަލް ވިދާޅުވީ، މި އެކްސިޑެންޓްގައި ކާރަށާއި ސައިކަލަށް އެކިވަރުގެ ގެއްލުން ލިބިފައިވާ ކަމަށެވެ.

އެކްސިޑެންޓުގައި ހިމެނޭ ކާރު ދުއްވި މީހާގެ އަތުގައި ލައިސަންސް ނޯންނައިރު، ސައިކަލު ދުއްވި މީހާގެ އަތުގައި ލައިސަންސް އޮވެއެވެ.