މާފުށި ޖަލު އޮފިސަރަކު މަސްތުވާތަކެއްޗާއިއެކު ހައްޔަރު ކޮށްފިއެވެ.
ފުލުހުން ބުނީ އޭނަ ހައްޔަރުކުރީ އިންޓެލިޖެންސްއަށް ލިބުނު މައުލޫމާތަކާ ގުޅިގެން ބުދަ ދުވަހުގެ ރޭ މާފުށީ ޕޮލިހުން ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ.
ހައްޔަރުކުރި ޖަލު އޮފިސަރަކީ 32 އަހަރުގެ މީހެކެވެ.
އޭނާ ހައްޔަރުކުރީ މާފުށީ ޖަލު ކައިރިން ހުއްޓުވައި ބަލައި ފާސްކުރިއިރު، ބަރުދަނުގައި 38.4 ގުރާމުގެ މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ ތަކެތި ފެނުމާ ގުޅިގެންނެވެ.
މިކަމާ އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް އިއްޔެ ކޯޓަށް ހާޒިރުކުރުމުން ބަންދަށް 10 ދުވަސް ޖަހާފައިވެއެވެ.
މި މައްސަލަ މިހާރު އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.
