ކެނަބިސް ޓްރެފިކްކުރި މައްސަލައަކާ ގުޅިގެން މިދިޔަ މަހު ހޯދަން އިއުލާންކުރި އައްޑޫ ހިތަދޫ މުހައްމަދު އުބާދަތު ހުސައިން ހޯދަން ފުލުހުން އަނެއްކާ ވެސް އިއުލާނު ކޮށްފިއެވެ.
ހިތަދޫ ހަޒާރުމާގޭ އުބާދަތު، 29، ހޯދަން ފުލުުހުން ފުރަތަމަ އިއުލާންކުރީ މިދިޔަ މަހުގެ 12 ގައެވެ.
ފުލުހުން ބުނީ އުބާދަތު ހޯދަނީ ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ކެނެބިސް ޓްރެފިކް ކުރުމުގެ މައްސަލައަކާ ގުޅިގެން ކޯޓަށް ހާޒިރުކުރުމަށް ބޭނުންވެ ހާޒިރުކުރެވިފައި ނުވާތީ، ބަންދުގައި ބަހައްޓައިގެން އޭނާ މާދަމާ ހެނދުނު 11 އަށް ކޯޓަށް ހާޒިރުކޮށް ދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރަކާ ގުޅިގެން ކަމަށެވެ.
އޭނާއާއި ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ މީހަކު ވާނަމަ ފުލުހުންގެ ކަސްޓޯޑިއަލް ނަންބަރު 9991442 އަށް ގުޅުއްވައި ހިއްސާކޮށް ދޭން އެދިފައިވެއެވެ.
