ސްޓްލެކޯއިން ކަރަންޓް ބިލްތަކާއި ގުޅިގެން ކަސްޓަމަރުން ބޭނުންވާ ޝަކުވާތައް އެ ކުންފުނީގެ ކަސްޓަމަރ ސާވިސް އެންޑް ބިލްޑިންގގެ ނަމްބަރު 7788438 އަށް ވަޓްސްއެޕް ނުވަތަ ޓެލެގްރާމް މެދުވެރިކޮށް ހުށަހެޅުމަށް އެދޭ ކަމަށެވެ.
ކަރަންޓު ބިލްތަކާއި ގުޅިގެން މިހާތަނަށް އެކުންފުންޏަށް 6794 ޝަކުވާއެއް ލިބިފައިވާއިރު، އޭގެ ތެރޭގައި 659 ފޯނުކޯލު ކޯލް ހިމެނޭ ކަމަށާއި އެ ކުންފުންޏަށް ގުޅި ހުރިހާ ކޯލެއް ނަގާފައިވާނެ ކަމަށް ސްޓެލްކޯއިން ބުނެއެވެ.
ކަރަންޓު ބިލު ބޮޑުވެގެން، ބައެއް އާއްމުން ވަނީ ސޯޝަލް މީޑިއާގައި އެކަމުގެ ޝަކުވާ ކޮށްފައެވެ. އަދި ބައެއް ފަރާތްތަކުން ސްޓެލްކޯ ކުރިމައްޗަށް އެއްވެ އަޑު އުފުލާފައިވެއެވެ.
