މާލޭގެ މެދުޒިޔާރަތް މަގުގައި ޕާކުކޮށްފައި ހުރި ސައިކަލު ތަކެއްގައި ރޯކޮށްލި ކަމަށް ތުހުމަތު ކުރެވޭ މީހާ ފުލުހުން ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ، ހޮޓެލް ޖެން ކައިރީ ސައިކަލު ޕާކިން ޒޯނެއްގައި ހުރި ސައިކަލު ތަކެއްގައި އަލިފާން ރޯކޮށްލާފައިވާ ކަމަށް ދަންވަރު 3:03 ކަންހާއިރު އެ އިދާރާއަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ.
އަދި އަލިފާން ރޯކޮށްލުމާއި ގުޅިގެން 7 ސައިކަލަކާއި ވޭނަކަށް ގެއްލުން ވެފައިވާ ކަމަށާ އޭގެ ތެރެއިން ތިން ސައިކަލް ވަނީ ބޭނުން ނުކުރެވޭ ވަރަށް އަދާފައި ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
އެމްއެންޑީއެފް އިން ބުނީ މި ހާދިސާގެ ރިޕޯޓް ރޭ ދަންވަރު 03:03 ހާއިރު ލިބުމާއެކު އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ފަޔަރ ފައިޓަރުން ވަނީ އެސަރަހަށްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތްކޮށްފައި ކަމަށެވެ.
