ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ހާއްސަ އެޑްވައިޒަރު އަބްދުއްރަހީމް އަބްދުﷲގެ ދަރިކަނބަލުން މަރިޔަމް ސާޖިދާ ސްޓެލްކޯގެ ބޯޑަށް އައްޔަންކޮށްފިއެވެ.
ސާޖިދާ އެ މަޤާމަށް އައްޔަންކުރީ މިދިޔަ ހަފުތާގެ ހޯމަ ދުވަހުގައެވެ. އޭނާ އެ މަގާމަށް އައްޔަނު ކޮށްފައިވަނީ ނޮން އެގްޒެކެޓިވް ޑިރެކްޓަރެއްގެ ގޮތުގައެވެ.
ސާޖިދާ ވަނީ އިނގިރޭސިވިލާތުގެ ހާޓްފޯޑްޝަޔާ ޔުނިވާސިޓީން އެކައުންޓިން ދާއިރާއިން ބެޗެލާސް ޑިގްރީ ހާސިލުކުރައްވައި، އެގައުމުގެ ކޮވެންޓްރީ ޔުނިވާސިޓީން ބިޒްނެސް އެޑްމިނިސްޓްރޭޝަން ދާއިރާއިން މާސްޓާސް ޑިގްރީ ހާސިލުކުރައްވައިފައެވެ.
