ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ ކުރީގެ މެންބަރު އަހުމަދު ނިހާން ހުސައިން މަނިކުގެ މައްޗަށް ކޮށްފައިވާ ރިޝްވަތާއި މަނީ ލޯންޑަރިންގެ ދައުވާތައް އަނބުރާ ގެންދަން ނިންމާފައިވާކަން ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ނިންމައިފިއެވެ.
އެގޮތަށް ނިންމައި، އޭނާ އަށް އެކަން ޕީޖީ އޮފީހުން ވަނީ އަންގައި ވެސް ފައެވެ
ނިހާންގެ މައްޗަށް ރިޝްވަތުގެ ހަތަރު ދައުވާއަކާއި މަނީލޯންޑްރިންގެ ދައުވާއެއް ދައުލަތުން ވަނީ އުފުލިއެވެ.
އެ ދައުވާތައް އަނބުރާ ނަގަން ނިންމިކަން އަންގައި ޕީޖީ އޮފީހުން ފޮނުވި ސިޓީގައި ބުނެފައި ވަނީ އެ މައްސަލަތއް އެ އޮފީހުން މުރާޖައާ ކުރުމަށް ފަހު މައްސަލަ އިތުރަށް ކުރިއަށް ނުގެންދަން ނިންމާފައިވާ ކަމަށެވެ.
ނަމަވެސް އެގޮތަށް ނިންމި ސަބަބު ސިޓީގައި ހާމަކޮށްފައެއް ނުވެއެވެ.
ނިހާންގެ ދައުވާތައް އަނބުރާ ގެންދިޔައިރު، ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ ބިއުރޯ ޗީފަކަށް އޭނާ ވަނީ ހަމަޖައްސައިފައެވެ.
